Skip to main content

  1. ފުރަތަމަ ސަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އައިސީޓީ ސެކްޓަރ ކައުންސިލް ފުރަތަމަ ސެސަން ގެ ބައްދަލުވުން ޓިވެޓް އޮތޯރިޓީގައި ކުރިއަށް ގެންގޮއްސި

އައިސީޓީ ސެކްޓަރ ކައުންސިލް ފުރަތަމަ ސެސަން ގެ ބައްދަލުވުން ޓިވެޓް އޮތޯރިޓީގައި ކުރިއަށް ގެންގޮއްސި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން
ޓެކުނިކަލް އަދި މަސައްކަތްތެރިކަމުގެ ތަމްރީނާބެހޭ އޮތޯރިޓީ (ޓިވެޓް)ގެ އިންފޮމޭޝަން ކޮމިއުނޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) މަޖިލިސްގެ ފުރަތަމަ ބައްދަލުވުން އެ އޮތޯރިޓީގައި މިއަދު ބާއްވައިފިއެވެ. މިބައްދަލުވުމުގައި، މިމަޖިލީހުގައި މިނިސްޓްރީ ތަމްސީލް ކުރައްވާ ޑިރެކްޓަރ ޝަފާއަތު ޙަބީބު އެ މަޖިލީހުގެ ނައިބު ރައީސަކަށް ހޮވުނެވެ.

މިމަޖިލީހުގެ ބޭނުމަކީ، އިންސާނީ ވަސީލަތްތައް ދެމެހެއްޓެވި ނިޒާމަކުން މިހާރަށާ ކުރިމަގަށް ބޭނުންވާނެ ގޮތްތަކަށް ކުރިއަރުވާނެ ގޮތްތައް އެކަށައަޅައި ބައްޓަން ކުރުމެވެ. އަދި ދެމެހެއްޓެނިވި ނިޒާމަކުން ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި، ޓިވެޓް ނިޒާމުގެ ތެރެއިން އެހީތެރިކަން ލިބޭނެ ގޮތްތައް ކަނޑައެޅުމާއި، ކުންފުނިތަކުން ފޯރުކޯށްދޭ ހުރިހާ ތަމްރީނުތަކެއް އެކަށޭނަ ފުރިހަމަ އެއްމިންގަނޑަކަށް ދަމަހައްޓާނެ ގޮތަތައް އެކުލަވާލުމެވެ. ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް، ވަޒީފާތަކުގެ ފެންވަރު އެކަށައެޅުމުގެ ކަންކަންވެސް މި މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.