Skip to main content

  1. ފުރަތަމަ ސަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލު އެމެރިކާގެ އެމްބެސެޑަރ އެލެއިނާ ބީ ޓެޕްލިޓްޒް އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އޮނަރަބްލް މުޙައްމަދު މަލީޙު ޖަމާލު، އެމެރިކާގެ އެމްބެސެޑަރ އެލެއިނާ ބީ ޓެޕްލިޓްޒް އާއި ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން




މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އޮނަރަބްލް މުޙައްމަދު މަލީޙު ޖަމާލު، އެމެރިކާގެ އެމްބެސެޑަރ އެލެއިނާ ބީ ޓެޕްލިޓްޒް އާއި ބައްދަލުކުރައްވައިފިއެވެ. މިނިސްޓްރީގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މުއާސަލާތާއި ސައިންސާ ޓެކްނޯލޮޖީގެ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ކުންފުނިތަކަށް، ޓެކްނޯލޮޖީގެ ދާއިރާތަކުން އެމެރިކާގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ހޯއްދެވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.