Skip to main content

  1. ފުރަތަމަ ސަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދަރުބާރުގޭގައި މިހާރު ހިނގަމުންދާ “ފަންނު އެކްސްޕޯ" މިނިސްޓަރ މުޙަައްމަދު މަލީޙު ޖަމާލާއި މިނިސްޓްރީގެ ވެރިން ބައްލަވާލައްވައިފި

ދަރުބާރުގޭގައި މިހާރު ހިނގަމުންދާ “ފަންނު އެކްސްޕޯ" މިނިސްޓަރ މުޙަައްމަދު މަލީޙު ޖަމާލާއި މިނިސްޓްރީގެ ވެރިން ބައްލަވާލައްވައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން
ދަރުބާރުގޭގައި މިހާރު ހިނގަމުންދާ “ފަންނު އެކްސްޕޯ" (ރާއްޖޭގެ މަސައްކަތްތެރިކަމުގެ މައުރަޒު) މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އޮނަރަބްލް މުޙަައްމަދު މަލީޙު ޖަމާލާއި މިނިސްޓްރީގެ ވެރިން ބައްލަވާލައްވައިފިއެވެ. މިގޮތުން މައުރަޒުގެ ސްޓޯލުތަކަށް ޒިޔާރަތް ކުރައްވައި، ސްޓޯލުތަކުގައި ހުރި، ދިވެހި އުފެއްދުންތައް ބައްލަވާލައްވައި، އެ އުފެއްދުންތައް އުފެއްދެވި ހުނަރުވެރި މަސައްކަތްތެރިންގެ މަސައްކަތްތަކަށް މިނިސްޓަރ ތައުރީފު ކުރެއްވިއެވެ. އަދި ދިވެހި މަސައްކަތްތެރިންގެ މަސައްކަތްތަކަށް ހިއްވަރު ދެއްވައި ކަމާބެހޭ މާކެޓު ފުޅާކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މި މަހު 25 ން 28 ގެ ނިޔަލަށް ދަރުބާރުގޭގައެވެ.