Skip to main content

  1. ފުރަތަމަ ސަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނޭޝަނަލް ޑޭޓާ ސެންޓަރގެ އޮފްސައިޓް ބެކަޕް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް 1 ހަފުތާ ތެރޭގައި ނިމޭނެ

ނޭޝަނަލް ޑޭޓާ ސެންޓަރގެ އޮފްސައިޓް ބެކަޕް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް 1 ހަފުތާ ތެރޭގައި ނިމޭނެ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން




ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ( އެން.ސީ.އައި.ޓީ )ގެ ނޭޝަނަލް ޑޭޓާ ސެންޓަރ އިތުރަށް ހަރުދަނާކުރުމަށް އޮފްސައިޓް ބެކަޕް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް 1 ހަފުތާ ތެރޭގައި ނިންމުމުގެ މަސައްކަތް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހް ޖަމާލް އެން.ސީ.އައި.ޓީއާއި ހަވާލުކުރައްވައިފިއެވެ. މިކަން އެން.ސީ.އައި.ޓީ އާއި ހަވާލުކުރެއްވީ މިނިސްޓްރީގައި މިއަދު ބޭއްވި ކަމާބެހޭ ރަސްމިއްޔާތުގައެވެ. އެން.ސީ.އައި.ޓީގެ މި މަސައްކަތާއި ހަވާލުވެވަޑައިގަތީ އައިޓީ އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖަރ ހުސައިން މުހައްމަދެވެ. "މިކަމުގެ ސަބަބުން، ސަރުކާރުގެ މައުލޫމާތު ބެލެހެއްޓޭ ނިޒާމު މިހާރަށްވުރެ ރިސީލިއެންޓް ވާނެ. އަޅުގަނޑުމެން އުންމީދު ކުރަނީ ސަރުކާރުން ބަލަހައްޓާ މައުލޫމާތުތަކަކީ ޑޭޓާބޭސް، ޑޭޓާތަކަކީ މިހާރަށްވުރެ ރައްކާތެރި އެއްޗަކަށް ހެދުން." މިނިސްޓަރު މަލީހު ވިދާޅުވި އެވެ. ނެޝަނަލް ޑޭޓާ ސެންޓަރ، ކަމާއިބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް (އައިއެސްއޯ މިންގަނޑަށް) ފެއްތުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންގެންދާ ކަމަށް މިރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބެކަޕް ސިސްޓަމް ހަރުދަނާ ކުރުމާއި، ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއަރއާއި ސޮފްޓްވެއަރ މިހާރުވަނީ ހޯދިފައިކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މި މަސައްކަތް ނިމުމުން ބެކަޕް ކެޕޭސިޓީ 100 ޓެރަބައިޓަށް އިތުރުވާނެއެވެ. ނެޝަނަލް ޑޭޓާ ސެންޓަރއަކީ، ދައުލަތުގެ އެންމެހާ އިދާރާތަކާއި، މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިޖިޓަލް ރިކޯޑްސް ބަލަހައްޓާ މަރުކަޒެވެ.