Skip to main content

  1. ފުރަތަމަ ސަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މޮޓޯ ސައިކަލް ވަގަށްނެގުން ހުއްޓުމާ ގުޅޭގޮތުން ކުރިއަށްދިޔަ ސެމިނާގައި ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް އަދި އެގްޒެކެޓިވް ޑިރެކްޓަރ އަފްސަލް ޖައުފަރު ބައިވެރިވެލައްވައިފި

މޮޓޯ ސައިކަލް ވަގަށްނެގުން ހުއްޓުމާ ގުޅޭގޮތުން ކުރިއަށްދިޔަ ސެމިނާގައި ސްޓޭޓް މިނިސްޓަރ ސޯލިހް އަދި އެގްޒެކެޓިވް ޑިރެކްޓަރ އަފްސަލް ބައިވެރިވެލައްވައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން
މޮޓޯ ސައިކަލް ވަގަށްނެގުން ހުއްޓުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެކި އެކި އިދާރާތައް ގުޅިގެން ސެމިނާއެއް ބާއްވާފިއެވެ. މި ސެމިނާއަކީ ސައިކަލް ވަގަށް ނެގުން ހުއްޓުވުމާއި ގުޅޭގޮތުން ކުރެވެން ހުރި ކަންކަމާއި ވާހަކަދައްކާއި އެކްޝަން ޕްލޭން އެއް ތައްޔާރުކޮށް، މި އެކްޝަން ޕްލޭން އިފްތިތާހް ކުރެވުނެވެ. މީގެ އިތުރުން ވަގަށް ނަގާ ވެހިކަލްތައް އިންވެސްޓިގޭޓް ކުރުމުގައި ދިމާވާ ގޮންޖެހުންތައް އަދި ދަތިތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުންވެސް ވާހަކަދެކެވިގެން ދިޔައެވެ.

މި ސެމިނާ ކުރިޔަށް ދިޔައީ 24 އަދި 25 ނޮވެމްބަރ 2019 ގައި އިސްކަންދަރު ކޮށީގައެވެ. މިނިސްޓްރީގެ ފަރާތުން މި ސެމިނާގައި ސްޓޭޓް މިނިސްޓަރ ސޯލިހް އަދި އެގެޒެކެޓިވް ޑިރެކްޓަރ އަފްސަލް ބައިވެރިވެލެއްވިއެވެ.