Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޤާނޫނާއި އިރުޝާދުތައް

ގައިޑަންސް އިޢުލާން: މަތީ ތަޢުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ޚާއްޞަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު

މަތީ ތަޢުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ޚާއްޞަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން


އިޢުލާން

މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު" ގެ ދަށުން ޚާއްޞަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ނޮވެންބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތަކުގެ އަސާސީ ޝަރުތުތައް:

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. އިސްލާމީ ޝަރީޢާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.
  3. މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ޙައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން.
  4. ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 (ފަހެއް) އިން ފެށިގެން ލެވެލް 10 (ދިހައެއް) ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.
  5. ޚާއްޞަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުން.
  6. ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުމަށް އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އެހީއަށް އެދޭ ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަން ފޯމެވެ.

  • މި އިޢުލާނާ ގުޅިގެން ޢަމަލު ކުރެވޭނެ އުޞޫލާއި މިންގަނޑު "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު" ގައި ބަޔާންކުރެވިފައި ވާނެއެވެ.

ނޯޓް: އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރަށެވެ. ނުވަތަ scholarship@islamicaffairs.gov.mv މެއިލްއަށެވެ.

އެހީއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް http://islamicaffairs.gov.mv އިންވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި، 3020294 ، 3020209 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.