މި ގަވާއިދުގައި ދިވެހިރާއްޖޭގައި ޖަމްޢިއްޔާ ހެދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޖަމްޢިއްޔާއަށް މުދަލާއި ފައިސާ ހޯދުމާއި، މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުޢާމަލާތު ކުރުމާއި، ޖަމްޢިއްޔާ އުވާލުމާއި، މިކަންކަމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ޖަމްޢިއްޔާތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާން ކުރެވިފައިވާނެއެވެ.