Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޤާނޫނާއި އިރުޝާދުތައް

ގައިޑަންސް 'ވޯކް-ފްރޮމް-ހޯމް' ނިޒާމްއަށް ޢަމަލުކުރުމާއި ގުޅޭގޮތުން

ކޮވިޑް-19 ޕެންޑެމިކްއާއި ގުޅިގެން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ އެލާޓް ލެވެލްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ތައްޔާރުވުމުގެ ގޮތުން، 'ވޯކް-ފްރޮމް-ހޯމް' ނިޒާމްއަށް ޢަމަލުކުރުމުގެ ޕޮލިސީ މި ސަރކިއުލާއާއި އެއްކަރުދާސް

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ގެ ފަރާތުން


ކޮވިޑް-19 ޕެންޑެމިކްއާއި ގުޅިގެން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ އެލާޓް ލެވެލްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ތައްޔާރުވުމުގެ ގޮތުން، 'ވޯކް-ފްރޮމް-ހޯމް' ނިޒާމްއަށް ޢަމަލުކުރުމުގެ ޕޮލިސީ މި ސަރކިއުލާއާއި އެއްކަރުދާސްކޮށް ފޮނުވީމެވެ. މީގެ އިތުރުން، ޖެމްސް މެދުވެރިކޮށް ވީހާވެސް ރައްކާތެރިގޮތަކަށް ލިޔެކިޔުން ބަދަލުކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލާ އެކަން އިދާރާގެ މުވައްޒަފުންނާ ހިއްސާކުރުމައް އެދެމެވެ. އަދި މި ފުރުސަތުގައި އޮފީހުގައި ގެންގުޅޭ އައި.ޓީ އާލާތްތައް (މައުސް، ކީބޯޑު، މޭޒުމަތީ ފޯން) ޤަވާޢިދުން ސާފުކުރުމަށް މުވައްޒަފުންނަށް އިރުޝާދު ދެއްވުމަށްވެސް އެދެމެވެ.

ދައުލަތުގެ އިދާރާތަކުން ވޯކް-ފްރޮމް-ހޯމް ނިޒާމަށް ޢަމަލުކުރަން ފެށުމުގެގޮތުން ކޮންމެ އިދާރާއަކުންވެސް އެ އިދާރާއެއްގެ ޑޭޓާ ރައްކާތެރިކުރުމުގެ ގޮތުން، މި ސަރކިއުލާ އާއި އެއްކަރުދާސްކޮށްފައިވާ ގައިޑްތަކާއި އަދި ޕޮލިސީތަކާއި އެއްގޮތަށް ކުރިއަށްގެންދިޔުމަށް އެދެމެވެ. އަދި އެއްކަރުދާސްކޮށްފައިވާ 'ޑޭޓާ ބެކްއަޕް' އަދި 'ޖެމްސް ވީޕީއެން އެކައުންޓް' މަޢުލޫމާތު ފުރިހަމަކުރުމަށްފަހު 3302211@ncit.gov.mv އީމެއިލް މެދުވެރިކޮށް އައި.ޓީ ޓާސްކް ފޯސްއަށް އެންގުމަށް ދަންނަވަމެވެ.

މިކަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އައި.ޓީ ޓާސްކް ފޯސް ނަންބަރ 3302211 އާއި ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް އެދެމެވެ. އަދި އައި.ޓީ ޓާސްކް ފޯސްއިން ނެރޭ ހުރިހާ މަޢުލޫމާތެއް www.ncit.gov.mv އިން ފެނިވަޑައިގަންނަވާނެ ވާހަކަދަންނަވަމެވެ.

ލިޔެކިޔުން

'ވޯކް-ފްރޮމް-ހޯމް' ގައިޑް

ފޯމެޓް : PDF
ސައިޒް: KB 668.29 KB