Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ވަޒީފާގެ ފުރުޞަތު އަދި ބީލަން

ޕްރޮކިއުމަންޓް މިނިސްޓްރީއަށް ފަރުނީޗަރު ގަންނަން ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން


        މިނިސްޓްރީއަށް ބޭނުންވާ މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ. 
  • ބުކް ޝެލްފް
  • އެގްޒެކެޓިވް ޗެއަރ
  • ފައިލް ކެބިނެޓް
  • އޮފީސް ޗެއަރ
  • އޮފީސް ޓޭބަލް

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން އެދޭފަރާތްތަކުން 01 މާރޗް 2020 ވަނަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 05 މާރޗް 2020 ވަނަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

‏30‏ ޖުމާދަލްއާޚިރާ‏ 1441 ‏24‏ ފެބްރުއަރީ‏ 2020