Skip to main content

 1. ފުރަތަމަ ޞަފްޙާ
 2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު 32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިދާރާ
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

 • ހއ. ބާރަށް
 • ހއ. ތަކަންދޫ
 • ހއ.މުރައިދޫ
 • ހދ. ކުޅުދުއްފުށި
 • ހދ. ނޭކުރެންދޫ
 • ހދ. ކުމުންދޫ
 • ހދ. ވައިކަރަދޫ
 • ށ. ފޯކައިދޫ
 • ށ. ކަނޑިތީމު
 • ނ. ހެނބަދޫ
 • ނ. މާޅެންދޫ
 • ނ. ވެލިދޫ
 • ނ. ކުޑަފަރި
 • ނ. މާފަރު
 • ނ. މަނަދޫ
 • ރ. މަޑުއްވަރީ
 • ރ. އުނގޫފާރު
 • ރ. ރަސްގެތީމު
 • ރ. ހުޅުދުއްފާރު
 • ރ. އިނގުރައިދޫ
 • ރ. އިންނަމާދޫ
 • ރ. މީދޫ
 • ރ. ފައިނު
 • ބ. އޭދަފުށި
 • ބ. ކަމަދޫ
 • ބ. ގޮއިދޫ
 • ޅ. ކުރެންދޫ
 • ކ. ހިންމަފުށި
 • ކ. މާފުށި
 • ކ. ދިއްފުށި
 • ވިލިމާލެ
 • ކ. ތުލުސްދޫ