Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޯސެރާ ވޯކްފޯސް ރިކަވަރީ އިނީޝިއޭޓިވްއަށް ހޮވުނު 50 ނަން އިއުލާންކޮށްފި

ކޯސެރާ ވޯކްފޯސް ރިކަވަރީ އިނީޝިއޭޓިވް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން


ކޮމަންވެލްތު އޮފް ލާރނިންގ، ކޯސެރާ ވޯކްފޯސް ރިކަވަރީ އިނީޝިއޭޓީވްގެ ދަށުން ކުރިޔަށް ގެންދާ ކޯސްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ހޮވުނު 50 ބޭފުޅުންގެ ނަން ހާމަކޮށްފިއެވެ. މި ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު 62 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. މިނިސްޓަރ އަޙްމަދު މަޙްލޫފް ވަނީ މިފަދަ ފުރުސަތެއް ރާއްޖޭގެ ޒުވާނުންނަށް ދެއްވުމާއި ގުޅިގެން ކޮމަންވެލްތު އޮފް ލާރނިންގއަށް ޝުކުރު އަދާކުރައްވާފައެވެ. މި ކޯސްތަކަށް ހޮވުނު ފަރާތްތަކަށް ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ އިންޓަނެޓްގެ ޚިދުމަތް މިނިސްޓްރީއިން ދިނުމަށް ވަނީ ނިންމާފައެވެ.