Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އިސްލާމްދީނާމެދު އުފެދިފައިވާ ޝުބުޙަތަކާ ގުޅޭގޮތުން ލައިވް ވެބިނަރއެއް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އިންތިޒާމްކޮށްގެން އިސްލާމްދީނާމެދު އުފެދިފައިވާ ޝުބުޙަތައް ޢާއްމުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި ވެބިނަރއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އިންތިޒާމްކޮށްގެން އިސްލާމްދީނާމެދު އުފެދިފައިވާ ޝުބުޙަތައް ޢާއްމުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި ވެބިނަރއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޑިރެކްޓަރ އޮފް ރިސަރޗް އެންޑް ޓްރެއިނިންގް، ދަޢުވާ އިންސްޓިޓިއުޓް އޮފް ނައިޖީރިއަރ ގެ ބައިނަލް އަޤްވާމީ ޢިލްމުވެރިޔާ އަލްއުސްތާޛް ނޫރުއްދީން ލޭމޫ ތަޤްރީރު ކުރައްވާ މި ވެބިނާ ހުށަހަޅައިދެއްވާނީ އައްޝައިޚް ހަސަން ތައުފީގެވެ. މި ވެބިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރ 2020 ވާ ހުކުރު ދުވަހުގެ 21:00 ގައެވެ. މިނިސްޓްރީގެ ފޭސްބުކްޕޭޖް އަދި ޔޫޓިއުބް ޗެނަލްއިން މި ވެބިނަރ ލައިވްކޮށް ގެނެސްދިނުމަށްވަނީ ހަމަޖެހިފައިވާއިރު ޢާއްމުން ފޮނުވާފައިވާ ސުވާލުތަކަށް ޖަވާބުދިނުންވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތަށް ބޭއްވޭ ވެބިނާތަކުގެ ގެ މައިގަނޑު މަޤްޞަދަކީ ދިވެހިރައްޔިތުންގެ ދީނީ މައުލޫމާތު މުއްސަނދިކޮށް ސައްޙަ އަޤީދާ ފޯރުކޮށްދިނުމެވެ.