Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މާލޭ ސްވިމިންގް ޓްރެކްގެ މަސައްކަތް އަލުން ފަށައިފި

މާލޭ ސްވިމިންގ ޓްރެކްގެ މަސައްކަތް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




މާލޭ ސްވިމިންގް ޓްރެކް ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. އީއައިއޭގައި ހުރި މައްސަލަތަކެއްގެ ސަބަބުން މި މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިހާރު ވަނީ އަލުން ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން ސްވިމިން ޓްރެކް ސަރަޙައްދުގައި ފާޚާނާ ބަރިއަކާއި ފެންވެރޭނެ އިންތިޒާމުގެ އިތުރުން ޗޭންޖިން ރޫމަކާއިއެކު، އިޝީންދެވޭނެހެން ހިޔާކުރެވިފައިވާ ސިޑިބަރިއެއް ގާއިމްވެގެންދާނެއެވެ. މާޒިޔާ ކޮންސްޓްރަކްޝަންއާ އެންމެ ފުރަތަމަ މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ކުރިޔަށްދާތީ ސްވިމިންގ ޓްރެކް ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކުރެވިފައެވެ. އެގޮތުން ބަލާއިރު އެސަރަޙައްދުގައި އެކްސްކަވޭޓަރާ ކެރޭނު ފަދަ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މޫދު ކޮނުމާ، މޫދުގައިހުރި ބޮޑުހިލަނަގައި ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު އެސަރަޙައްދަށް މޫދަށްއެރި އުޅުމާ އެހެނިހެންކަންކަމަށް ބޭނުންކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެސަރަހައްދު ވަނީ ބަންދުކުރެވިފައެވެ.