Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންވާލައްވައިފި

ދ. އަތޮޅަށް މިނިސްޓަރ މަޙްލޫފް ކުރައްވާ ދަތުރުފުޅު

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި މަހުގެ 23 އިން 25 އަށް ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ މަޙްލޫފް ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި އެ ރަށްތަކުގެ ކައުންސިލްތަކާއި ޒުވާނުންނާއި ބައްދަލުކުރައްވާ ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތައް އަޑުއެއްސެވިއެވެ. އަދި އެ ރަށްރަށުގެ ކުޅިވަރު ބިންތަކާއި ކޯޓުތައް ހުރި ހާލަތު ވަރަށް ގާތުން ބެއްލެވިއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ މަޙްލޫފް ވަނީ ދ. ވާނީގައި މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ކުރިޔަށް ގެންދިޔަ "ލާމަސީލު ޒުވާނާ 2020" ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.