Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ނިންމުންތައް އިޢުލާން ނަންބަރު :- IUL)30-B1/30/2021/167) ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާތީ އެކަމާގުޅޭ

ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާތީ އެކަމާގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިދާރާ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 2020/R-75) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން، މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރުކުރެވޭނީ މިމިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއިން އެމަސައްކަތެއް ހަވާލުކުރާ ފަރާތަކަށެވެ. މިޤަވާއިދުގައި ކަނދުފަތި ޤާއިމްކުރުމާއި ގުޅޭގޮތުން ހިމަނާފައިވާ ހަމަތައް ހިމަނާފައިއެވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ އެކަމާ ގުޅޭގޮތުން މަސް ގަންނަ ދުނިޔޭގެ ބާޒާރުތަކުގައި ނުރަނގަޅު ތަސައްވުރެއް އޮތްކަމަކަށްވެފައި އަދި ދިވެހިރާއްޖެއަކީ ބޭރުގެ މަސް ގަންނަ ބާޒާރުތަކަށް އިންތިހާއަށް ބަރޯސާވާ ޤައުމަކަށްވާތީވެ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު މިމިނިސްޓްރީއަށް ލިބިފައިވާތީވެ، މިކަމަކީ އިސްވެދެންނެވުނު ގަވާއިދުގެ ދަށުން މަނާކަމެއް ކަމުގައި އެންމަހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އިސްވެދެންވުނު ޤަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނދުފައްޗަށް ގެއްލުންދިނުމަކީ، ނުވަތަ ކަނދުފަތީގެ އެއްވެސް ބައެއް ނެގުމަކީ، ނުވަތަ ކަނދުފައްޗަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެއްކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ، މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއިމެދު އިދާރީ ފިޔަވަޅުއެޅުމާއި ޖޫރިމަނާކުރުމާ ބެހޭ ޤަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ދެންނެވީމެވެ.

ލިޔެކިޔުން