Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ނިންމުންތައް އިޢުލާން:- IUL) 30-D2/30/2022/342 ) މަސްދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ޤާޢިމުކުރުމުގެ ފުރުޞަތު ހުޅުވާލުން

" ކަނޑުފަޅުގެ ނަފާ " ލޯނު ޕްރޮގްރާމުގެ ދަށުން މަސްދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ޤާޢިމުކުރުމުގެ ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިދާރާ
މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އަދި ޖުމްލަ ގޮތެއްގައި އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް [ކަނޑުފަޅު ނަފާ] ލޯނު ޕްރޮގްރާމަށް މިއަދު ވަނީ ހުޅުވާލާފައެވެ.

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ މިފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ލޯނު (ޖުމްލަ 34 މިލިއަން ރުފިޔާއާއި ހަމައަށް) ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އާއި ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށްފަހުއެވެ.

މިލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 28 ނޮވެމްބަރު 2022 ވަނަ ދުވަހުން ފެށިގެންނެވެ. ލޯނު ޕްރޮގްރާމާ ގުޅޭ އިތުރު ތަފްޞީލު ހިމެނޭ ލޯނުގެ އުޞޫލު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ލޯނު ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިމިނިސްޓްރީގެ ނަންބަރު 3339270 ފޯނާއި ގުޅުއްވުން އެދެމެވެ.

ލިޔެކިޔުން

ލޯނު އުޞޫލު

ފޯމެޓް : PDF
ސައިޒް: KB 74.76 KB