Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ނިންމުންތައް އިޢުލާން ނަންބަރު :- IUL)30-E1/30/2020/141) ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ގުޅޭ މުޢާމަލާތްތައްކުރާ ފަރާތްތަކުގެ ސަމާލުކަމަށް

-

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިދާރާ
ޤާނޫނު ނަންބަރު: 2019/21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދު ނަންބަރު2021/R-12 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު) ވަނީ 27 ޖަނަވަރީ 2021 ގައި ދިވެހިސަރުކަރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައެވެ.

މިގޮތުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު އިމްޕޯޓްކުރުމަށާއި، ވިއްކުމަށާއި، އަލުން ބަންދުކުރުމަށާއި، އުފެއްދުމަށާއި އެކްސްޕޯޓްކުރުމަށް ލައިސަންސް ދޫކުރުމުގެ އިންތިޒާމުތައް މިނިސްޓްރީއިން މިދަނީ ހަމަޖައްސަމުންނެވެ. އަދި ލައިސަންސް ހޯއްދެވުމަށްޓަކައި، "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު"ގެ 83 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަދާ އަދި މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިޢުކޮށްފައިވާ "ޕެސްޓިސައިޑާއި ގުޅޭ މުޢާމަލާތްތަކުގެ މިންގަނޑުތަކުގައި" ބަޔާންކޮށްފައިވާ ގޮތަށް، ޕެސްޓިސައިޑު ފިހާރަ، ޕެސްޓިސައިޑު ގުދަން އަދި ޕެސްޓިސައިޑު އުފައްދާ ނުވަތަ އަލުން ބަންދުކުރާ ކާރުޚާނާ ފަރުމާކުރުމަށް މިމިނިސްޓްރީން ޢިލްތިމާސްކުރަމެވެ.

މިހެންކަމުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމާއި، ވިއްކުމާއި، އަލުން ބަންދުކުރުމާއި، އުފެއްދުމާއި އެކްސްޕޯޓްކުރުމުގައި ދިމާވެދާނެ ދަތިތަކަކުން ދުރުހެލިވުމަށްޓަކައި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުގެ މުޢާމަލާތްތައް ކުރާ ފަރާތްތަކުން، 1 އޮގަސްޓް 2021އިން ފެށިގެން ލައިސެންސް ހޯއްދެވުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުން އެދެމެވެ.

ލިޔެކިޔުން