Skip to main content

 1. ފުރަތަމަ ޞަފްޙާ
 2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ބައިިނަލްއަގްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ކްރިއޭޓިވް ޕިޗް ރައިޓިން ކޮންޓެސްޓަކަށް ހުޅުވާލައިފި

މި ކޮންޓެސްޓް ކާމިޔާބުކުރާ ތިން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ. އަދި މި މުބާރާތަށް ހުށަހަޅާ ޕިޗްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޓީމަކާއެކު މިނިސްޓްރީއިން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ބައިިނަލްއަގްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކްރިއޭޓިވް ޕިޗް ރައިޓިން ކޮންޓެސްޓަކަށް ހުޅުވާލައިފިއެވެ. މި ކޮންޓެސްޓް ކާމިޔާބުކުރާ ތިން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ. އަދި މި މުބާރާތަށް ހުށަހަޅާ ޕިޗްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޓީމަކާއެކު މިނިސްޓްރީއިން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫތު އެންގޭޖްމެންޓް ފޯ ގްލޯބަލް އެކްޝަންއެވެ. މި ތީމުގެ ދަށުން ޕިޗުތައް ހުށަހެޅޭނެ މައުޟޫތަކަކީ

 1. ކްލައިމެޓް ޗޭންޖް
 2. ފަައިނޭންޝިއަލް އިންކްލޫޝަން
 3. ޔޫތު ހެލްތު
 4. ވިމެން އެމްޕަވަރމަންޓް
 5. ޕޮލިޓިކަލް ޕާޓިސިޕޭޝަން
 6. ވޮލަންޓިއަރިޒަމް
 7. އެެޑިއުކޭޝާން
 8. މައިގްރޭޝަން
 9. ރެޑިކަލައިޒޭޝަން އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް
 10. ޑިސްއެބިލިޓީ އެންޑް އިންކްލޫޝަން މި ކޮންޓެސްޓްގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ހުރިހާ ދިވެހި ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މުބާރާތަށް ޕިޗް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ 31 އޮގަސްޓްގެ 14:00 އެވެ.