ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިންގ ޓެކްނޮލޮޖީ ލިސްޓް ތައްޔާރުކޮށް ޝާއިޢުކޮށްފިއެވެ.
މި ލިސްޓުގައި ހިމެނިފައިވަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ތަފާތު ސްކްރީނިންގ ޓެކްނޮލިޖީތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި އެޓެކްނޮލިޖީތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތްތަކުގެ ތަފްޞީލެވެ.
މި ލިސްޓު ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޙަސަން ޒަމީލާ ޙަވާލުކުރައްވާފައިވަނީ ޑާސާގެ ފަރާތުން ސްޓާފް ސަރޖަންޓް މަސްޢޫދު ޙަސަނެވެ.