Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ

ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކުރުމުގެ ވަޢުދުގެ ދަށުން ފ. ނިލަންދޫގައި ތަރައްޤީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެއެވެ. މިއީ މި ސަރުކާރުގެ ފަރާތުން ޤާއިމްކުރި ދެވަނ ފުޓްބޯޅަ ދަނޑު ކަމަށްވާއިރު މި ދަނޑުގެ ޓާރފް އަޅާފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. ހަމައެހެންމެ ކުރިޔަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އިތުރު 15 ދަނޑުގެ މަސައްކަތް ނިންމާލެވޭނެއެވެ. ރާއްޖޭގައި އެންމެ މަޤްބޫލް ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެމެންދާ އިންފްރާސްޓްރަކްޗަރ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް 40 ދަނޑުގެ ޢަމަލީ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްދާކަން ފާހަގަކޮށްލަމެވެ.