Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ހއ. ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލައިފި

ހއ. ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހއ. ފިއްލަދޫގައި ގާއިމްކޮށްފައިވާ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލައިފިއެވެ. މިކަން އިއުލާން ކުރައްވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަދޫގެ ޒުވާނުން ބޭނުންވާ ގޮތަށް އެރަށުގެ އިޖްތިމާޢީ މަރުކަޒު ނިންމާލާފައިވާ ކަމަށެވެ. ހަމައެހެންމެ އެ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދުމުގައި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ މަޙްލޫފް ވަނީ ދެއްވާފައެވެ. މި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ފިއްލަދޫ ކައުންސިލާއި އެރަށް ހިމެނޭ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވެދެއްވި އެހީތެރިކަމަށް މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އަންނަނީ ޒުވާނުން މުނިފޫހިފިލުވައި ކުޅިވަރު ކުޅެ ހުނަރު އިތުރުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާޢީ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ދެ ޖިންސްގެ ޒުވާނުން ވެސް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު އޮންނަ ގޮތަށް ގާއިމްކުރެވެމުންދާ މަރުކަޒުތަކެކެވެ.