Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ފުވައްމުލަކުގައި ސްވިމިންގ ޕޫލެއް އެޅުމަށް މަޝްވަރާކޮށްފި

ފުވައްމުލައް ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ފުވައްމުލައް ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ. މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއެކު އެ ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ޕޫލް އެޅިގެންދާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް މިނިސްޓަރ ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު ވެސް ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯރ ޖިމް ގާއިމްކުރުމަށް ވަނީ ސާމާނު ގެނެވިފައެވެ. އަދި މި ޖިމްތައް ވަރަށް އަވަހަށް ރަށްތަކުގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.