އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޑިފެންސުން ބަޔާނެއް ނެރުއްވައިފިއެވެ. މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަމުންދާ މިނިސްޓްރީ އޮފް ޑިފެންސުން ނެރުއްވި ބަޔާނުގައިވަނީ، އިންސާނީ ވަގުފާރިއަކީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށް ދެކިގެން، އެއާ ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވަގުފާރި ހުއްޓުވުމަށް ކޮމިޓީން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭން ތަންފީޒުކުރުން ކަމަށް ވިދާޅުވެފައެވެ.