Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނިއުޒިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ފޮރިން މިނިސްޓަރ ޝާހިދުއާއި ބައްދަލުކުރައްވައިފި

ނިއުޒިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ފޮރިން މިނިސްޓަރ ޝާހިދުއާއި ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިދާރާ
ނިއުޒިލޭންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯ ޓިންޑޯލް، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައިފިއެވެ. ވަރޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ދެޤައުމުގައި ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުންވެސް އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމާއި، ކައުންޓަރ ޓެރަރިޒަމް އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު، މަލްޓިލޭޓަރަލް ފޯރަމްތަކުގައި ދެޤައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ޚާރިޖީ ވަޒީރާއި ސަފީރު މަޝްވަރާކުރެއްވިއެވެ.