Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ތ. ހިރިލަންދޫ އަދި ތ. އޮމަދޫގައި ފުޓްސަލް ދަނޑު ގާއިމްކުރުމަށް ސޮއިކޮށްފި

ތ. ހިރިލަންދޫ އަދި ތ. އޮމަދޫގައި ފުޓްސަލް ދަނޑު ގާއިމްކުރުމަށް ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




ތ. ހިރިލަންދޫ އަދި ތ. އޮމަދޫގައި ފުޓްސަލް ދަނޑު ގާއިމްކުރުމަށް ސޮއިކޮށްފިއެވެ. ތ. ހިރިލަންދޫގައި ފުޓްސަލް ދަނޑެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ޓްރިޕަލް އެއިޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ފައިސަލްއެވެ. މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި ވަނީ 1،458،297.40 ރުފިޔާއަށެވެ. ތ. އޮމަދޫގައި ފުޓްސަލް ދަނޑެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްއާއެވެ. މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަދުހަމް އަލީއެވެ. މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި ވަނީ 1،251،540.63 ރުފިޔާއަށެވެ.