Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ހުޅުމާލޭގެ 3 ފުޓްސަލް ދަނޑެއްގެ ޓާރފް ބަދަލުކުރުމަށް ހަވާލުކޮށްފި

ހުޅުމާލެ 3 ފުޓްސަލް ދަނޑެއްގެ ޓާރފް ބަދަލުކުރުމަށް ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ހުޅުމާލޭގައި ގާއިމްކޮށްފައިވާ 3 ފުޓްސަލް ދަނޑެއްގެ ޓާރފް ބަދަލުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަބްދުލް ނާފިޢު ތަޢުފީގްއެވެ. މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި ވަނީ 1،500،204.63 ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.