Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް މާޝަލް އާރޓްސް ދަސްކޮށްދިނުމަށް ދޫކޮށްފި

މި އެއްބަސްވުމާއެކު އެތަނުގައި މާޝަލް އާރޓްސް ކިޔަވައި ދިނުމުގެ ތިއަރީ ކްލާސްތަކާއި، ޕްރެކްޓިކަލް ސެޝަންތައް ހިންގުމާއި އަދި އެކަމާއި ގުޅޭ އިމްތިހާންތަކާއި، މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް މާޝަލް އާރޓްސް ދަސްކޮށްދިނުމަށް ދޫކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި މާޝަލް އާރޓްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަންގެ ނައިބް ރައީސް އަބްދުﷲ ފިރުޝާން އަލީއެވެ. ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަންއަކީ މާރޝަލް އާރޓްސްގެ ދިނުމުގައި އެހެން 6 އެސޯސިއޭޝަންއާ ގުޅިގެން އެ އެސޯސިއޭޝަންތައް ތަމްސީލްކުރާ ފަަރާތެވެ. އެގޮތުން ދެން ހިމެނޭ އެސޯސިއޭޝަންތަކަކީ ޝާރކްސް މާޝަލް އާޓްސް އެކަޑަމީ، ކޫޑޯ މޯލްޑިވްސް، މޯލްޑިވްސް ޓައިކްވަންޑޯ ފެޑެރޭޝަން، މޯލްޑިވްސް އައިކިޑޯ އެސޯސިއޭޝަން، ކްރޭވް މެގާ އަދި މޯލްޑިވްސް ވޫޝޫ ފެޑެރޭޝަންއެވެ. މި އެސޯސިއޭޝަންތަކަށް ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ދޫކޮށްފައިވަނީ މިއަހަރުގެ ނިޔަލަށެވެ. އަދި އެ އެސޯސިއޭޝަންތަކަށް ޖިމް ދޫކޮށްފައިވަނީ އެއްވެސް އަގެއް ނުނަގައެވެ. މި އެއްބަސްވުމާއެކު އެތަނުގައި މާޝަލް އާރޓްސް ކިޔަވައި ދިނުމުގެ ތިއަރީ ކްލާސްތަކާއި، ޕްރެކްޓިކަލް ސެޝަންތައް ހިންގުމާއި އަދި އެކަމާއި ގުޅޭ އިމްތިހާންތަކާއި، މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.