Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އިންޑިޔާގެ ފޮރިން ސެކްރެޓަރީ މިނިސްޓަރ މާރިޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން

ދިފާޢީގޮތުންނާއި ސަލާމަތީގޮތުން ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން


އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝު ވަރްދަން ޝްރިންގްލާ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ، ދިފާޢީގޮތުންނާއި ސަލާމަތީގޮތުން، ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ މާރިޔާ ވަނީ، ކޯވިޑް-19ގެ މިޙާލަތުގައިވެސް، އިންޑިއާއިން ރާއްޖެއަށް ދެމުންގެންދާ ގިނަގުނަ އެހީތައް ފާހަގަ ކުރައްވައި، އެކަަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެޤައުމުގެ ގުޅިފައިވާ މަސްލަހަތު ހިމާޔަތް ކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބިލިބިހުންނާނެ ކަމުގެ ޔަގީންކަން އަރުއްވާފައެވެ.

މިއަދުގެ މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލިޔެކިޔުން


IMG-20201109-WA0033

ފޯމެޓް : JPEG
ސައިޒް: KB 55.46 KB