Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ އޮފް ޑިފެންސް ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ފުރާވަޑައިގަތުން

މިއީ އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އިންޑިޔާގެ ބެންގަލޫރުގައި މިމަހުގެ 3 އިން 7 އަށް ކުރިއަށްދާ "އޭރޯ އިންޑިޔާ 2021 ޑިފެންސް އެއަރޝޯވ އެންޑް ޑިފެންްސް އެގްޒިބިޝަން" އާއި މިމަހުގެ 4 ވަނަ ދުވަހު ބާއްވާ "އިންޑިއަން އޯޝަން ރީޖަންޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވައިފައިވަނީ އިންޑިޔާ ސަރުކާރުންނެވެ.

މިދަތުރުފުޅުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަކީ ޗީފް އޮފް ޑީފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ލެފްޓިނެންޓް ކާނަލް ޙަސަން ޢާމިރެވެ.