ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވާތީ، މިމިނިސްޓްރީން ދޫކުރާ ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ މިނިސްޓްރީގެ "މަކުޑި" ސޮފްޓްވެއަރ މެދުވެރިކޮށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައި އޮތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެގޮތުން ހުއްދައަށް އެދޭ އެޕްލިކޭޝަން ފޯމް އެސޮފްޓްވެއަރ މެދުވެރިކޮށް ހުށަހެޅުއްވުމުން އެކަމަށް ބޭނުންވާ ރެވެނިއު ސްޓޭންޕް މީރާއިން ބައްލަވައިގަނެވޭނެ އިންތިޒާމް މިމިނިސްޓްރީން ހަމަޖައްސައިދެވޭނޭ ކަމުގައި ދެންނެވީމެވެ. އަދި ހުއްދައިގެ އަސްލަކީ އީމެއިލުން ފޮނުވޭ ހުއްދަކަމުގައި ވެސް ދެންނެވީމެވެ. ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 24 މާރޗް 2020