Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޖަނާޒާ ކޯސް އޮންލައިންކޮށް ކުރިއަށްގެންދަނީ

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ޖަނާޒާކޯސް އޮންލައިންކޮށް ކުރިއަށްގެންދަަން ފަށައިފިއެވެ. 5 ހަފްތާގެ މުއްދަތަށް ގޫގުލް މީޓް މެދުވެރިކޮށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާއިޛުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ޖަނާޒާކޯސް އޮންލައިންކޮށް ކުރިއަށްގެންދަަން ފަށައިފިއެވެ. 5 ހަފްތާގެ މުއްދަތަށް ގޫގުލް މީޓް މެދުވެރިކޮށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާއިޛުންނެވެ.

ޖަނާޒާ ކޯހުގައި ތަފްޞީލީ ގޮތެއްގައި، ޢާއްމު ޙާލަތުގަޔާއި އަދި ކޮވިޑްގެ މި ޚާއްސަ ޙާލަތުގައި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތް ކިޔައިދިނުމަށްވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ޢަމަލީ ގޮތުން ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާގޮތް އޮންލައިކޮށް ކިޔަަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޯހުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށް ގެންދާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

05 އޮކްޓޯބަރ 2020 ވަނަ ދުވަހު ޖަނާޒާ ކޯސް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށާފައިވާއިރު މި ކޯސް ނިންމުމަށް ހަމަޖެހިފަވަނީ 04 ނޮވެމްބަރ 2020 ވަނަ ދުވަހުއެވެ.