Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކ. މާފުށި އަދި އދ. ފެންފުށި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފި

ކ. މާފުށި އަދި އދ. ފެންފުށި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




ކ. މާފުށި އަދި އދ. ފެންފުށި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ކޮންޓްރެކްޓަގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. އދ. ފެންފުށީ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް 1.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު ކ. މާފުށި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފައިވަނީ 1.9 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު އާރްކޭއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުޒައިމާ އާސިރްއެވެ.