Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ހދ. ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ހދ. ކުމުންދޫގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. މިކަން އިއުލާންކުރައްވަމުން ކުޅިވަރާއި ބެހޭ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކުމުންދޫގެ ޒުވާނުންގެ އެންމެ ބޮޑަށް ނިންމާލަން ބޭނުންވި މަސައްކަތް ކަމަށާއި މި ދަނޑަކީ ވެސް ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމަކަށް މަގުފަހި ކުރުމަށް އެރަށުގެ ރައްޔިތުން ބޭނުންކުރާނެ ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިނިސްޓަރ މަޙްލޫފް ވަނީ މި ދަނޑުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ކުމުންދޫ ކައުންސިލާއި ކުމުންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ކުމުންދޫގެ ފުޓްސަލަ ދަނޑުގެ މަސައްކަތް ނިންމާލާފައިވާއިރު އެރަށުގެ ކައުންސިލްއިން ވަނީ ވަރަށް އަވަހަށް ދަނޑު ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވެފައެވެ. މި ދަނޑުގެ މަސައްކަތް އިއުލާންކޮށްގެން ކުރިޔަށް ގެންދިޔުމުގެ ހުއްދަ ކުމުންދޫ ކައުންސިލަށް ދިނުމާއެކު އެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ. މި ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓު ވެސް ވަނީ ހަރުކުރެވިފައެވެ.