Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނާލާފުށި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ނާލާފުށި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިދާރާ
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މ. ނާލާފުށީގައި ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. މި ދަނޑަކީ ކުރީ ސަރުކާރުން މޯލްޑިވްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) އާއި ހަވާލުކޮށް މަސައްކަތް ނުފަށާ އޮތް ރަށެކެވެ. މި ސަރުކާރު ވެރިކަމާ ހަވާލުކުރުމަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި މިފަދަ ދަނޑުތައް ނިންމުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ނާލާފުށި ދަނޑުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މި ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ވެސް ހަރުކުރެވިފައެވެ. މި ދަނޑުގެ ޑްރޯން ފޮޓޯއެއް ޓްވީޓް ކުރައްވައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ މި ދަނޑަކީ ވެސް ދެ ޖިންސްގެ ޒުވާނުން އެކި ކުޅިވަރުތަކަށް ބޭނުންކުރާނެ ދަނޑެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ދަނޑުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ނާލާފުށި ޒުވާނުންނާއި، ކައުންސިލް އަދި އެރަށް ނިސްބަތްވާ މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ދެއްވި އެއްބާރުލެއްވުމަށް މިނިސްޓަރ މަޙްލޫފް ޝުކުރު އަދާކުރެއްވިއެވެ.