Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ ޝާހިދު މަލާވީގެ ޚާރިޖީ ވަޒީރާ ވަރޗުއަލްކޮށް ބައްދަލުކުރައްވައިފި

މިބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިދާރާ




ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މަލާވީގެ ޚަރިޖީ ވަޒީރު، އެއިސެންހޮވަ އެންޑުވަ އެމްކަކަ އާއި އެކު ވާޗުއަލްކޮށް މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެޤައުމު ގުޅިގެން ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މީގެ އިތުރުން، ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ ކަންކަމާއި، މި ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދީ އަދި މާލީ ގޮތުން ދެގައުމަށް ކުރިމަތިވާ ދަތިތަކަށްވެސް އަލިއަޅުވާލާ މިބައްދަލުވުމުގައި ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.