Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޮމަންވެލްތު އެކްޝަން ސީރީސްގެ ފުރަތަމަ ސެޝަންގައި މިނިސްޓަރ މަޙްލޫފް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު އެކްޝަން ސީރީސްގެ ފުރަތަމަ ސެޝަންގައި މިނިސްޓަރ މަޙްލޫފް ބައިވެރިވެވަޑައިގެންފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




ކޮމަންވެލްތު އެކްޝަން ސީރީސްގެ ފުރަތަމަ ސެޝަންގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ބައިވެރެވަޑައިގަންނަވައިފިއެވެ. ކޮމަންވެލްތު އެކްޝަން ސީރީސްއަކީ ކޮވިޑް19 ގެ ސަބަބުން ފަސްކުރެވުނު ކޮމަންވެލްތު ޔޫތު ފޯރަމްގައި މަޝްވަރާ ކުރަން ކަނޑައެޅުނު ކަންތައްތަކަށް މަޝްވަރާކުރުމަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކޮމަންވެލްތުން ނިންމާފައިވާ ޚާއްސަ ސެޝަންތަކެކެވެ. އެގޮތުން މި ސީރީސްގެ ދަށުން ބޭއްވުނު ފުރަތަމަ ސެޝަންގެ ތީމްއެއް ގޮތަށް ކަނޑައަޅާފައިވަނީ "ޓޭކިން ޗާޖް އޮފް އަވަރ ފިއުޗަރ" އެވެ. މި ސެޝަންގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ދުނިޔެއަށް ތަފާތު ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު މިވަގުތަކީ ޒުވާނުންގެ ލީޑަރޝިޕާއި ވޮލަންޓިއަރިޒިމް ދުނިޔެއަށް އެންމެ ބޭނުން ވަގުތު ކަމަށެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ބަޔަކީ ޒުވާނުން ކަމަށްވާއިރު ކޮވިޑް19ގެ ސަބަބުން އެތައް ހާސް ޒުވާނުންގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަކުރައްވައި އެ ޒުވާނުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ ބައެއް މަސައްކަތްތައް މިނިސްޓަރ މަޙްލޫފް ވަނީ މި ސެޝަންގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ. ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެެރިވަމުންދަނީ ޒުވާނުންކަން ފާހަގަކުރައްވައި މިނިސްޓަރ މަޙްލޫފް ވަނީ ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ސެޝަންގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް އަދި ކޮމަންވެލްތު ޔޫތު ކައުންސިލްގެ ޗެއަރޕާސަން ޓިޖާނީ ކްރިސްޓިއަން ވަނީ ވާހަކަ ދައްކަވާފައެވެ.