Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ އޮފް ޑިފެންސް ކޯވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

ރާއްޖެއިން ކޯވިޝީލްޑް ވެކްސިން ޖެއްސެވި އެންމެ ފުރަތަމަ ބޭފުޅުންގެ ތެރޭގައި މިނިސްޓަރ މާރިޔާ

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
ކޯވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ކޯވިޝީލްޑް ވެކްސިން ރާއްޖެއިން އެންމެ ފުރަތަމަ ޖެއްސެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ހިމެނިވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ މާރިޔާ ކޯވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެށްޓެވި "ކޯވިޑް-19 ދިފާޢު" ވެކްސިނޭޝަން ކެމްޕޭނުގެ ތެރެއިންނެވެ.

ކޯވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރައްވާފައިވަނީ އިންޑިޔާ ސަރުކާރުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސިފައިން ތިބީ ތައްޔާރަށެވެ.