Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޯވިޑް-19ގެ ޚަރަދުތައް އެމްއެންޑީއެފުން ރަނގަޅަށް ކޮށްފައިވާތީ މިނިސްޓަރ އޮފް ޑިފެންސް ޝުކުރުއަދާކުރެއްވުން

މިނިސްޓަރ މާރިޔާ ވަނީ ރައީސް ޞާލިޙްގެ ފަރާތްޕުޅުން ޝުކުރު އަދާކުރައްވާފައި

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން




ކޯވިޑް-19 އާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އިން ކުރަންޖެހޭ އެންމެހާ ޚަރަދެއް ކޮށްފައިވަނީ ރަނގަޅަކަށްކަން އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާތީ، އެކަމަށްޓަކައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝުކުރުއަދާކުރައްވައިފިއެވެ. 19 އޯގަސްޓް 2020 ވީ ބުދަދުވަހު ހެނދުނު ބޭއްވި އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހުގެ ބައްދަލުވުމުގައި ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން، ޝުކުރު އަދާކުރައްވާފައެވެ. މިއީ، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ކަންކަން ކުރެއްވުމަށް ދިފާޢީ މުއައްސަސާއިން ދެއްވާ ޚާއްޞަ އިސްކަން ހާމަވެގެންދާ ކަމެކެވެ.