Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓަރ ޝާހިދު، ޓީމޯލެސްޓޭގެ ފޮރިން މިނިސްޓަރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

މިނިސްޓަރ ޝާހިދު، ޓީމޯލެސްޓޭގެ ފޮރިން މިނިސްޓަރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިދާރާ




ޓީމޯލެސްޓޭގެ ވެރިރަށް ޑިލީއަށް ކުރި ވިއްސާރައާއި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން އަޑަލްޖީޒާ އަލްބަރޓީނާ އެގްޒޭވިއަރ ރެއިސް މެގްނޯއަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝަހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޓީމޯލެސްޓޭގެ ވެރިރަށް ޑިލީއަށް ކުރި ގަދަވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިޔުމުން އެތަށްބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތަކެއް ގެދޮރު ހަލާކުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން، ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ގެއްލުން ލިބުނު ފަރާތްތަކަށާއި ޓީމޯލެސްޓޭގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާއިން ވީހާވެސް އަވަހަށް އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކަން ފުރިހަމައަށް ގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ޓީމޯލެސްޓޭގެ ރައްޔިތުން ކުރައްވާ ހިތްވަރު ފާހަގަކުރައްވާކަމުގައި މިނިސްޓަރ ޝަހިދުގެ މެސެޖުގައި ވިދާޅުވިއެވެ.