Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މިނިސްޓްރީއިން އިއުލާންކޮށްފައިވާ ކުރެހުމުގެ މުބާރާތުގެ ކުރެހުން ހުށަހެޅުމަށް ގެނައި ބަދަލުތަކާއި، މުއްދަތު އިތުރުކުރުމާ ގުޅޭ

މިނިސްޓްރީއިން އިއުލާންކޮށްފައިވާ ކުރެހުމުގެ މުބާރާތުގެ ކުރެހުން ހުށަހެޅުމަށް ގެނައި ބަދަލުތަކާއި، މުއްދަތު އިތުރުކުރުމާ ގުޅޭ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ އިދާރާ




މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން ބައިނަލްއަޤުވާމީ ސޭފަރ އިންޓަރނެޓް ދުވަހާއި ގުޅުވައިގެން އިއުލާންކޮށްފައިވާ ކުރެހުމުގެ މުބާރާތުގެ ކުރެހުން ހުށަހެޅޭ އެންމެ ފަހުގެ ތާރީޙް 28 ފެބުރުއަރީ 2021ގެ 16:00 މިވަނީ ބަދަލުކުރެވިފައެވެ.

މުބާރާތުގެ މުއްދަތު އިތުރުކުރަންޖެހުނު މައިގަނޑު ސަބަބަކީ ގޫގުލް ފޯމު މެދުވެރިކޮށް ބައެއް ކުދިން ފޮނުވާފައިވާ ކުރެހުންތަކުގައި މައްސަލަތަކެއް ދިމާވެފައިވާތީއެވެ. ވީމާ ކުރީގައި ގޫގުލް ފޯމު މެދުވެރިކޮށް ކުރެހުން ހުށަހަޅުއްވާފައިވާ ފަރާތަތަކުންވެސް އަލުން އީ.މެއިލް މެދުވެރިކޮށް ކުރެހުން ހުށަހަޅައިދެއްވުން އެދި ދަންނަވަމެވެ. ކުރެހުން ހުށަހެޅުމަށް މި އީ.މެއިލް އެޑްރެސް (saferinternet@mcst.gov.mv)އަށް ތިރީގައިވާ މައުލޫމާތާއި އެއްކޮށް ފޮނުއްވުން އެދެމެވެ. އީ.މެއިލްގައި ހިމަނަން ޖެހޭ މައުލޫމާތު:

  1. ފުރިހަމަ ނަން
  2. އައި.ޑީ ކާޑު ނަންބަރު
  3. އުފަން ތާރީޙް
  4. ގުޅޭނެ 2 ނަންބަރު
  5. މިހާރު އުޅޭ އެޑްރެސް
  6. މިހާރު ކިޔަވާ ސްކޫލް
  7. ކުރުހުމުގެ ކޮޕީ
  8. އައި.ޑީ ކާޑު ކޮޕީ

ވީމާ ވަނަ ހޯދާ ކުދިން ކަނޑައެޅުމުގައި ބަލައިގަންނާނީ އީ.މެއިލް މެދުވެރިކޮށް އެކަނި ހުށަހަޅުއްފައިވާ ކުރެހުންތައްކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

ލިޔެކިޔުން


Art Competition Guideline

ފޯމެޓް : PDF
ސައިޒް: KB 1.70 MB