Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމާ ބެހޭ ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސުން ޚިޔާލު ހުށަހަޅައިފި

2013 ވަނަ އަހަރު ތަޞްދީޤުކުރި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ ބިލަށް މިނިސްޓްރީ އޮފް ޑިފެންސުން ޚިޔާލު ހުށަހަޅައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން




2013 ވަނަ އަހަރު ތަޞްދީޤުކުރި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ ބިލަށް މިނިސްޓްރީ އޮފް ޑިފެންސުން ޚިޔާލު ހުށަހަޅައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސަކީ، 22 ސެޕްޓެމްބަރު 2019 އިން ފެށިގެން، ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަމުން ގެންދާ ވުޒާރާއެވެ.

މިނިސްޓްރީ އޮފް ޑިފެންސުން މިބިލަަށް ޚިޔާލު ހުށަހަޅާފައިވަނީ އާދިއްތަދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އެންޓި ހިއުމަން ޓްރެފިކިންގ ޤާނޫނު ދިރާސާކުރާ ސަބްކޮމިޓީގެ ބައްދަލުވުމުގައެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ބިލަށް ޚިޔާލު ހުށަހަޅުއްވާފައިވަނީ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން ޢަލީ ޖައިޝަން ޢާމިރާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އާމިނަތު ސަނާއު އެވެ.

14 މެންބަރުންގެ މައްޗަށް އެކުލެވޭ ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ ރިޔާސަތު މީގެ ކުރިން ބަލަހައްޓަމުން ގެންދެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.