Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މީޑިޔާ ކައުންސިލުން ހުސްވެފައިވާ މަޤާމަށް ބޭފުޅަކު އިންތިޚާބުކޮށްފި

މަޤާމަށް އިންތިޚާބުވީ މުޙައްމަދު އިޤްނާޛު ޢަލީ

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިދާރާ




މޯލްޑިވްސް މީޑިޔާ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމަށް މިއަދު ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މީޑިޔާތައް ތަމްޘީލްކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ދެބޭފުޅުން ވާދަކުރެއްވިއެވެ. އެއީ ފެށުން އޮންލައިންގެ ފަރާތުން މުޙައްމަދު އިޤްނާޛު ޢަލީއާއި, އެޓޯލް ނިއުސްގެ ފަރާތުން އިބްރާހީމް ރަމީޒްއެވެ. މީގެތެރެއިން ނ.ފޮއްދޫ ހަޒާރުމާގޭ މުޙައްމަދު އިޤްނާޛު ޢަލީ 36 ވޯޓް ހޯއްދެވިއެވެ. އިބްރާހީމް ރަމީޒަށް ލިބިލެއްވީ 01 ވޯޓެވެ. އިންތިޚާބުގައި ވޯޓްދެއްވީ 37 މީޑިޔާއަކުންނެވެ. ނަމަވެސް ވޯޓްލުމަށް 66 މީޑިޔާއަކުން ރަޖިސްޓްރީކުރިއެވެ.