Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު 12 ރަމަޟާން 1442 ގެ ނިޔަލަށް ޒަކާތުގެ ގޮތުގައި މާލެ ސިޓީއިން 8 ލައްކަ ރުފިޔާ

1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ 12 ވަނަ ދުވަހާއި ހަމައަށް މާލޭ ސިޓީއިން ފިޠުރު ޒަކާތުގެ ގޮތުގައި 899،031.00ރ ލިބިއްޖެއެވެ. އެއީ ޖުމްލަ 20،863 މީހުންގެ ފަރާތުން ލިބިފައިވާ އަދަދެވެ. މީގެ ތެރެއިން 17،858 މީހުން އޮންލައިން ޒަކާތް ދައްކާފައިވާއިރު 3005 މީހުންވަނީ މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުން ޒަކާތްދައްކާފަވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިދާރާ
1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ 12 ވަނަ ދުވަހާއި ހަމައަށް މާލޭ ސިޓީއިން ފިޠުރު ޒަކާތުގެ ގޮތުގައި 899،031.00ރ ލިބިއްޖެއެވެ. އެއީ ޖުމްލަ 20،863 މީހުންގެ ފަރާތުން ލިބިފައިވާ އަދަދެވެ. މީގެ ތެރެއިން 17،858 މީހުން އޮންލައިން ޒަކާތް ދައްކާފައިވާއިރު 3005 މީހުންވަނީ މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުން ޒަކާތްދައްކާފަވެއެވެ.

1441 ވަނަ އަހަރުގެ 12 ރަމަޟާންގެ ނިޔަލަށް ޒަކާތުގެ ފައިސާގެ ގޮތުގައި ލިބިފައިވަނީ 1،942،201.00 ރ އެވެ. ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. ހުރިހައި ބޭފުޅުންވެސް ފިޠުރު ޒަކާތް ދެއްކެވުމަށް ހަނދުމަފުޅު ބެހެއްޓެވުމަށް މިނިސްޓްރީގެ ފަރާތުން އެދިލައްވައެވެ.