Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން

ކޮމިޓީގެ ރިޔާސަތު ބަލަހައްޓަމުންދަނީ މިނިސްޓްރީ އޮފް ޑިފެންސުން

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލެއްވި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ފަށްޓަވައިދެއްވައިފިއެވެ. ކުރިން 14 މެންބަރުންގެ މައްޗަށް ހިމެނުނު ކޮމިޓީގެ މެންބަރުންގެ ޢަދަދު 10 އަކަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލެއްވި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަމުންދަނީ މިނިސްޓްރީ އޮފް ޑިފެންސުންނެވެ. 16 ޖުލައި 2020 ގައި ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ކޮމިޓީން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގައިވާ ކަންކަން ޙާސިލްކުރެއްވުމަށް އިތުރު ބާރެއް ލައްވައިގެން މަސައްކަތްކުރެއްވުމަށް ކޮމިޓީގެ އާ ރައީސާއި އެންމެހާ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.