Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ނޭކުރެންދޫގައި މިނިސްޓްރީގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ހދ. ނޭކުރެންދޫގައި މިނިސްޓްރީގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. މިކަން އިއުލާން ކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި އެކަމުގައި އެހީތެރިވެދެއްވީތީ ރަށުގެ ކައުންސިލާއި ޒުވާނުންނާއި އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނޭކުރެންދޫގައި އައުޓްޑޯރ ޖިމެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ކައުންސިލްގެ ފަރާތުން އިއުލާންކޮށްގެންނެވެ. ކައުންސިލްގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ.