Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގާއިމްކުރާ 61 އައުޓްޑޯރ ޖިމް ރަސްމީކޮށް ހަވާލުކޮށްފި

ރާއްޖޭގެ 61 ރަށުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ 61 އައުޓްޑޯރ ޖިމަށް ބޭނުންވާ ސާމާނު ރަސްމީކޮށް ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ރާއްޖޭގެ 61 ރަށުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ 61 އައުޓްޑޯރ ޖިމަށް ބޭނުންވާ ސާމާނު ރަސްމީކޮށް ހަވާލުކޮށްފިއެވެ. ހޯމަ ދުވަހުގެ ހަވީރު ގަަލޮޅު ރަސްމީ ދަނޑުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަބްދުﷲ ޝާހިދާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިން މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިިނިސްޓަރ މަޙްލޫފް ވިދާޅުވީ މި ޖިމްތައް ވެގެންދާނީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް ކައުންސެލަރުން ކުރިޔަށް ގެންދަވާ ޕްރޮގްރާމްތަކަށް އިތުރު ފުރިހަމަ ކަމެއް މި ޖިމްތަކުގެ ސަބަބުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ މަޙްލޫފް ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 68 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ހަތަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރ މަޙްލޫފް ވަނީ މި ރަސްމިއްޔާތުގައި އިޢުލާން ކުރައްވާފައެވެ.