Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޢީދު ނަމާދަށް އައުމުގައި ސަމާލުވާންވީ ކަންތައްތައް

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ޢީދު ނަމާދަށް އައުމުގައި ސަމާލުވާންޖެހޭ ކަންތައްތައް މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ. މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން މި ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއްނަމާދަކަށް އައުމަށް މިނިސްޓްރީ ގެ ފަރާތުން އިލްތިމާސް ކުރައްވައެވެ. އަދި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނައުމަށް ބާރު އަޅާކަމުގައި ވަނީ ދަންނަވާފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން




ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ޢީދު ނަމާދަށް އައުމުގައި ސަމާލުވާންޖެހޭ ކަންތައްތައް މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ. މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން މި ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއްނަމާދަކަށް އައުމަށް މިނިސްޓްރީ ގެ ފަރާތުން އިލްތިމާސް ކުރައްވައެވެ. އަދި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނައުމަށް ބާރު އަޅާކަމުގައި ވަނީ ދަންނަވާފައެވެ.

އާ ޢާއްމު ޙާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން މިނިސްޓރީގެ ފަރާތުން ޢިލްތިމާސް ކުރައްވާފައިވާ ފަދައިން، ޢީދު ނަމާދަށްވެސް، ބޮޑެތި ބަލިތަކަށް ބޭސްކުރައްވާ ފަރާތްތަކާއި ފުއްޕާ މޭގަ މައްސަލަ ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ ޢަލާމާތެއް ހުންނަ ފަރާތްތަކުން މިސްކިތަށް ހާޟިރުނުވުމަށްވެސް އެދިލައްވައެވެ. ހަމަ އެހެންމެ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަނެކާގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރެއްވުމަކީ މި ޙާލަތުގައި ބާރުއަޅާގޮތް ކަމުގައި ހާމަކުރައްވައެވެ. އަދި ކޮންމެ ބޭފުޅަކުވެސް މާސްކް އަޅައިގެން ވަޑައިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެދިލައްވައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް މިނިސްޓްރީގެ ފަރާތުން ނިންމާފައިވާއިރު މާލެ ސިޓީގައި ޢީދު ނަމާދު ކުރުން މާލޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި ހަމަޖެހިފައިވާކަންވަނީ އަންގާފައެވެ. ނަމަވެސް އަންހެން ބޭފުޅުން ވަޑައިގެން ޢީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް ޢަޒީޒާ މޫސާގައެވެ.