Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރ. އަލިފުށި ފުޓްބޯޅަ ދަނޑުގެ ލައިޓިން އަދި ރޮސްޓްރަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރ. އަލިފުށި ފުޓްބޯޅަ ދަނޑުގެ ލައިޓިން އަދި ރޮސްޓްރަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިދާރާ




ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ ލައިޓިން އަދި ރޮސްޓްރޮމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި މި މަސައްކަތްތައް ހަވާލުކުރެވުނު ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އަބްދުﷲ އެވެ. އެގޮތުން އަލިފުށީ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،120،691.44 ރުފިޔާއަށެވެ. މި މަސައްކަތް ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި ފަށައި 54 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެރަށުގެ ދަނޑުގައި ރޮސްޓްރޮމް ގާއިމްކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވަނީ 4،823،753.66 ރުފިޔާއަށެވެ. މި މަސައްކަތް ވެސް ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި ފަށައި 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.