Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރ. އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

މި ދަނޑުގެ މަސައްކަތް ކުރުމަށް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ ކޯޕައިންސް އިންވެސްޓްމަންޓްްސްއާއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ރ. އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. މި ދަނޑުގެ މަސައްކަތް ކުރުމަށް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ ކޯޕައިންސް އިންވެސްޓްމަންޓްްސްއާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 1.387 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މިކަން ހާމަކުރައްވަމުން މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ސަބަބުތަކާއި ގުޅިގެން މަސައްކަތް ލަސްވިނަމަވެސް މިހާރު އެމަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އަދި މިނިސްޓަރ ވަނީ މި މަސައްކަތް ކުރުމަށް އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އެރަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.