Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު 61 ރަށުގައި އައުޓްޑޯރ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ އަތުވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމްތަކަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ އަތުވެއްޖެއެވެ. އެންމެ ފަހު ޝިޕްމެންޓް ރާއްޖެ އައުމާއެކު އޮގަސްޓް މަހުގެ ތެރޭގައި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މިނިސްޓަރ އަޙްމަދު މަޙްލޫފްވަނީ މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ގެނައުމަށް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެވެ. މިއީ ދުަޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ކަސްރަތު ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން މިނިސްޓްރީއިން ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.